Thursday, October 20, 2011

ތިރީސް އަހަރުދުވަހުންވެސް ތޮއްޑޫއަށް ނުގެނެވުނު ތަރައްޤީ އެއްދުވަހުން

މި މަހުގެ 17 ވަނަދުވަހުހަވީރު ތޮއްޑޫގައި ނިމިގެންދިޔަ އިވެންޓަކީ، 30 އަހަރުގެ ދިގު ވެރިކަމުގައިވެސްތޮއްޑޫއަށް ލިބިފައިނުވާ ފަދަ ބޮޑު ތަރައްޤީ އަކާ ކުރިއެރުމުގެ ސިލްސިލާގެފެށުމެވެ. މި އިވެންޓުގައި، ތޮއްޑޫ ބަނދަރުގެ ނެރު އެހެން ސަރަހައްދަކަށްބަދަލުކުރުމާއި، ބޭރުތޮށީގައި ބޮޑުހިލަ ޖެހުމަށް 19 މިލިއަން ރުފިޔާގެ ބޮޑުޕްރޮޖެކްޓެއް ފައްޓަވާދެއްވާފައި ވެއެވެ. ތޮއްޑޫގައި ރަނގަޅުފެންވަރެއްގެނަރުދަމާނިޒާމެއް ޤާއިމްކުރުމަށް 4 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއްފައްޓަވާދެއްވާފައި ވެއެވެ. އަދި 2012 ވަނަ އަހަރު ތޮއްޑޫސްކޫލްގެ ކިޔަވައިދިނުންއެއްދަންފަޅިއަށް ބަދަލުކުރުމަށްޓަކާ އެކަމަށް ބޭނުންވާ 6 ކުލާސްރޫމްގެ ބިންގާރައީސުލްޖުމްހޫރިއްޔާ އަޅުއްވާދެއްވާފައިވެއެވެ. އަދި ތޮއްޑޫ ސިއްޙީމަރުކަޒަށްޒިޔާރަތްކުރައްވާ އެ މަރުކަޒުގައި "ޓެލެމެޑިސިން" ގެ ޙިދުމަތްރަސްމީގޮތުން ފައްޓަވާދެއްވީވެސް ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުހަންމަދުނަޝީދެވެ.


އަދިވެސްއިތުރަށް މުޅިރާއްޖެ އަންތަރީސް ވާވަރުގެ ތަރައްޤީ ގެނެސްދެއްވާނެކަމަށްއެމަނިކުފާނު ވިދާޅުވެފައިވެއެވެ. ތޮއްޑޫ ދާއިރާގެ މެންބަރު އެމް.ޑީ.ޕީ ގައިހުރުމާއި، ތޮއްޑޫ ދާއިރާގެ ރައީސްއަކީ ތޮއްޑޫގެ މެންބަރަކަށްވުމާއި،އއ.އަތޮޅުކައުންސިލްގެ ރައީސްކަން ތޮއްޑޫ މެންބަރަކާ ހަވާލުވެފައިވުމަކީ، ތޮއްޑޫގެތަރައްޤީ މެކުހަށްޖެހުމަށް ތޮއްޑޫ އެމް.ޑީ.ޕީ ގެ ޒުވާނުން ބޭނުންވެފައިވާދަނޑިވަޅެއްގައި އެޒުވާނުންނަށް ލިބިފައިވާ އެންމެބޮޑު ހިންހަމަޖެހުންކަމުގައިވެސް އެމް.ޑީ.ޕީ ގެ ޒުވާނަކު ބުނެފައިވެއެވެ.

ތަރައްޤީއަށްމަގުފަހިވާފަދަ އަގުހުރި މުހިންމު ޕްރޮޖެކްޓު ތަކެއް ތޮއްޑޫއަށް އައުމަކީ މުޅިތޮއްޑޫ އެކަމަކަށްޓަކާ ފަޙްރުވެރިވެ، އެކަމާ އުފާކުރަންޖެހޭ ވަރުގެކަމެކެވެ.މިފަދަ ދަނޑިވަޅެއްގައި، ތޮއްޑޫގެ ހިތްތަކަކީ، އުފާވާ ޒަމާނުގައިއުފާވެރިވި ރާގުތައް އަހާނޭ ހިތްތަކަކަށްވުން ކިއެއްތޯއެވެ؟


ads

ދާއިރާ:

2 comments:

  1. މުހިންމީ ވެރިކަން ކުރަނީ ކޮން ބައެއްތޯ އެއްނޫން ބޭނުމީ ރަށުގެ ތަރައްގީ ރައްޔިތުން އަމިއްލައަށް ކުރިޔަސް ސަރުކާރުން ކޮއްދިނަސް މިއަދާ ހަމައަށް ވެސް އޮއްޑޫއަށް ތަރައްގީ އައިސްފައި ނުވަނީ ތޮއްޑުގެ ވެރިންގެ ދޯދިޔަކަމުންނާއި ތޮއްޑުރައްޔިތުންގެ ބައިބައިވުމުން އަދާޖެހެންދެން އޮތީ އަވަށުވާދަ މިއަދު ޕާޓީގެ ވާދަވެރިކަން އަޅުގަނޑު ހިތައްއަރާ ރަސުގެ ތަރައްގީއަށް ވާދަވެރި ރޫހެއްގައި ތޮއްޑޫގެ ރައްޔިތުން އެކީ އަތުކުރި އޮޅާލާނީ ކޮން ދުވަހަކުންބާވައޭ

    ReplyDelete
  2. tigotha mashaves tharagee ganevidhaane. again tharagee genaumeh noon meega muhimee. ekameh feshun. mihaathanahves thoddooga kohdheyn buni ehves kameh kuran feshifa nethun aee thibunaa tharageege nimun. kekek

    ReplyDelete

 
here it is