Saturday, October 22, 2011

ދަނޑުވެރިންނަށް ސަބްސިޑީސް ދިނުމަކީ މި ސަރުކާރުން ދަނޑުވެރިންނަށް ބޮޑު އަޙައްމިއްޔަތެއް ދޭކަމުގެ ހެއްކެއް...!

ދަނޑުވެރިންނަށް ސަބްސިޑީސް ދިނުމަކީ، މި ސަރުކާރުން ދަނޑުވެރިންނަށް ދޭ އަޙައްމިއްޔަތުގެ ބޮޑުކަން ހާމަވާ ހެއްކެއްކަމަށް ތޮއްޑޫގެ ދަނޑުވެރިން ބުނެއެވެ. އެފަރާތްތަކުން ބުނަމުންދަނީ ކުރީ ސަރުކާރުން މެދުނުކެނޑި 30 އަހަރު ވަންދެން ވެރިކަން ކުރިއިރުވެސް ތޮއްޑޫގެ ރައްޔިތުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކީ ދަނޑުވެރިކަން ކަމުގައެވެ.


އަދި މި ސަރުކާރުގައިވެސް ތޮއްޑޫ ރައްޔިތުން ކުރާ މަސައްކަތަކީ ދަނޑުވެރިކަންކަމުގައެވެ. ނަމަވެސް ވެތުވެދިޔަ 30 އަހަރުގެ ދިގުވެރިކަމުގައި ތޮއްޑޫ ރައްޔިތުންގެ ދަނޑުވެރިކަން ތަރައްޤީކުރުމަށް ސަބްސިޑީސް ދީފައި ނުވާކަމަށް ބައެއް ދަނޑުވެރިން ބުނެއެވެ. ނަމަވެސް އޭރުވެސް މަސްވެރިންނަށް ސަބްސިޑީސް ދެމުންދިޔަކަމަށް ބުނެއެވެ.

އެމް.ޑީ.ޕީ ގެ ސަރުކާރުން ދިވެހި ދަނޑުވެރިންނަށް ސަބްސިޑީސް ދިނުމަކީ އެފަރާތްތަކުން މިސަރުކާރަށް ޝުކުރުއަދާ ކުރާނޭ ކަމެއްކަމުގައިވެސް ބުނެއެވެ. އަދި މިސަރުކާރަކީ ދިވެހި ރާއްޖޭގެ ހުރިހާ މަސައްކަތްތެރިންނަށްވެސް އޯގާތެރި ސަރުކާރެއްކަން ދޭހަވާ ކަމަށްވެސް ބުނެއެވެ.ހަމައެފަދައިން މި ސަރުކާރަކީ ދަނޑުވެރިންނާވެސް ގުޅިގެން ގުލްޒާރުތަކުގައި މާ ފޮޅުވައި، ދިވެހިރާއްޖޭގެ ގުލްޒާރުތަކަކީ އެންމެ ނަޔާ ގުލްޒާރުތަކަކަށް ހެދުމަށް މަސައްކަތް ކުރާ ސަރުކާރެއްކަންވެސް ޤަބޫލުކުރެއެވެ. އަދި ތޮއްޑޫ ދަނޑުވެރިންގެ ޢުންމީދަކީ އެމް.ޑީ.ޕީ ފަދަ ރައްޔިތުންނަށް އޯގާތެރި ޕާޓީ އަކުން ދިވެހިރާއްޖޭގެ ވެރިކަންކުރުމެވެ.

ads

ދާއިރާ:

0 comments:

Post a Comment

 
here it is