Wednesday, October 26, 2011

ރޭ ފަތިހު ތޮއްޑޫއަށް ޖެހުނު ކޮޅިގަނޑު


ރޭ ފަތިހުގެ ވަގުތެއްގައި ތޮއްޑޫއަށް ބާރުގަދަ ކޮޅިގަނޑެއް އަރައިފިއެވެ. ގާތްގަނޑަކަށް 50 މޭލު ބާރުމިނުގައި ވައިޖެހުނު މި ކޮޅިގަނޑުގެ ސަބަބުން ތޮއްޑޫގެ އެތައްދަނޑުތަކަކަށް އަގުނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއްވެފައި ވެއެވެ. ރޭގައި އެރި މި ކޮޅިގަނޑަކީ އަހަރުތަކަކަށްފަހު، ތޮއްޑޫއަށް ދިމާވި އެންމެ ގެއްލުން ބޮޑު ކާރިޞާ ކަމުގައި ތޮއްޑޫގެ ބައެއް ދަނޑުވެރިން ސިފަކުރެއެވެ. މި ކާރިޞާގައި ތޮއްޑޫގެ ވަރަށްގިނަ ފަޅޯ ދަނޑުތައް ބިމާ ހަމަވެފަވެއެވެ. އަދި ބައެއް ގޭގޭގައި އިންދާފައިވާ ގަސްގަސް ވެއްޓިފައިވެއެވެ.
 
މިކަމުގެ ސަބަބުން މާލޭގެ މާރކޭޓްގައި ފަޅޮލުގެ އަގު ދައްވެފައި އޮތްއޮތުން ނިމުމަކަށް އައިސް ކުރިއަށް އޮތް ދުވަސް ތަކުގައި ފަޅޯ ކިލޯއެއް /-10 (ދިހަ ރުފިޔާ) އަށް ވުރެ މަތިވާނެކަމަށް ތޮއްޑޫ ކައުންސިލް މެންބަރެއްވަނީ ވިދާޅުވެފައެވެ.

މިފަދަ ޤުދުރަތީ ކާރިޞާތަކަކީ ﷲ ޞުބުޙާނަހޫވަތަޢާލާ ގެ ހަޒުރަތުން އަންނަ އިންޒާރުގެ ސިގްނަލްތަކެވެ. ވީމާ އެ އިލާހަށް ފުރިހަމައަށް ކިޔަމަންވެ، އެ އިލާހްގެ ތަނަވަސް ރިޒުޤު ދެއްވުމަށް އެދި ދުޢާ ކުރުން ނޫންގޮތެއް އަހަރެމެން މުސްލިމުންނަކަށް ނޯންނާނެއެވެ.

ads

ދާއިރާ:

0 comments:

Post a Comment

 
here it is