Sunday, July 15, 2012

އަޅުގަނޑު ދަމުނަމާދު ކުރަން ފެށި ސަބަބު

  
އަޅުގަނޑު ދަމުނަމާދުކުރަން ޝައުޤުވެރިވީ، ދަމުނަމާދާބެހޭ ގޮތުން ލިބުނު މަޢުލޫމާތުކޮޅެއްގެ ސަބަބުންނެވެ. އެމަޢުލޫމާތުކޮޅުގެ މުހިންމުކަމަށްޓަކައި، ތިޔަބޭފުޅުންނާ އެކު ވެސްޙިއްޞާކޮށްލާނަމެވެ.

މީހަކު އޭނާގެ ގޭގައި ސުންނަތް ނަމާދުތައް ކުރާކަމަށްވަނީނަމަ، އެގެއަށް ނޫރާނީ އަލިކަމެއް ލިބެ އެވެ. އެ ނޫރާނީއަލިކަން އުޑުތަކަށް ވެސް ވާޞިލުވެ އެވެ. އެހެންކަމުން، އުޑުތަކުގެ އަހުލުވެރިންނަށް، ބިންމަތީގައިވާ އެ ގެ ފެންނާނެ އެވެ. އަދިއެފަދައިން ނަމާދުކުރެވޭ އެހެން ގެތައް ވެސްފެންނާނެ އެވެ. ބިމުގެ އަހުލުވެރިންނަށް އުޑުގައިވާ ތަރިތައްފެންނަ ފަދައިންނެވެ. އާދޭހެވެ. މަލާއިކަތްބޭކަލުންބިމަށް ބައްލަވާ ހިނދު، އެ ބޭކަލުންނަށް އެގެތަކުގެ ނޫރާނީ އަލިކަން ފެނިވަޑައިގަންނަވާނެއެވެ. އެހެން ގެ ތަކާ ޚިލާފަށް އެ ގެތައް ވިދައި ބަބުޅަމުންދަނީ،އެ ގެތަކުގެ ތެރޭގައި ސުންނަތް ނަމާދުތައް ކުރެވޭތީ އެވެ.

މިއަށްވުރެ ބޮޑަށް ޙައިރާންކުރުވަނިވި ކަމަކީ، މަލާއިކަތްބޭކަލުންނަށް، އެ ގެއެއްގެ ނޫރު ފެނިވަޑައިގަންނަވާގެއަކުން ނޫރު ކެނޑިއްޖެނަމަ، އެއީ ކީއްވެގެންތޯބެއްލެވުމަށްޓަކައި އެބޭކަލުން ސުވާލު ދަންނަވާކަމެވެ. އެގޭގައިވާ ނޫރު ކެނޑުނީ، ނަމާދުކުރާ މީހާ ބަލިވެއުޅޭތީ ކަމަށްވަނީނަމަ، ނުވަތައޭނާއަށް މުޞީބާތެއް ކުރިމަތިވުމުގެ ސަބަބުންކަމަށްވަނީނަމަ، އެކަން އެ މަލާއިކަތްބޭކަލުންނަށް އެންގެވެ އެވެ. ދެންއެބޭކަލުން އެ މީހެއްގެ ބައްޔަށް ޝިފާދެއްވުންއެދި މާތް ﷲގެ ޙަޟުރަތަށް ދުޢާކުރައްވަ އެވެ. ނުވަތަ އެމީހަކަށް ޖެހިފައިވާ މުޞީބާތެއްފިއްލަވައިދެއްވުން އެދި އެކަލާނގެ ޙަޟުރަތަށް ދުޢާކުރައްވަ އެވެ. އެއީ،އޭނާގެ ގެއިން ވިދައި ބަބުޅަމުންދިޔަ ނޫރާނީ އަލިކަން ދެކެވަޑައިގަތުމަށްޓަކައި އެބޭކަލުން ޝައުޤުވެރިވެ ވަޑައިގަންނަވާތީ އެވެ.

ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަޙަދީޘްކުރައްވާފައިވެ އެވެ.

(
أَفْشُوا السَّلَامَ، وَأَطْعِمُوا الطَّعَامَ، وَصِلُوا الْأَرْحَامَ، وَصَلُّوا بِاللَّيْلِ وَالنَّاسُ نِيَامٌ، تَدْخُلُوا الْجَنَّةَ بِسَلَامٍ)
ރިވާކުރެއްވީ: އައްތިރުމިޛީ.

މާނައީ، "ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ސަލާމްކޮށް އުޅޭށެވެ! އަދިއެއްބަޔަކު އަނެއް ބަޔަކަށް ކާބޯތަކެތި ފޯރުކޮށްދީ އުޅޭށެވެ! އަދި ތިޔަބައިމީހުން ގާތްތިމާގެކަމުގެ ގުޅުންދަމަހައްޓާށެވެ! އަދި ތިޔަބައިމީހުން، މީހުން ނިދާފައިތިބޭއިރުދަމުނަމާދުކުރާށެވެ! އޭރުން ސަލާމަތްތެރިކަމާއެކު ތިޔަބައިމީހުން ސުވަރުގެ ވަންނަހުށްޓެވެ."

ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ. ދަމުނަމާދަކީ، ކަށްވަޅުގެ އަނިދިކަން ކަނޑުވައިލާ ނޫރެކެވެ.

މިކަންކަން އެނގުމުން، އަޅުގަނޑުގެ ގެ،މަލާއިކަތް ބޭކަލުންނަށް ފެނިވަޑައިގަތުމުގެ އުފާޙާޞިލުކުރަން ބޭނުންވި އެވެ. އަދި ސަލާމަތްތެރިކަމާއެކުސުވަރުގެއަށް ދިއުމަށް ވެސް ނުހަނު ޝައުޤުވެރިވި އެވެ. ހަމައެފަދައިން، އަޅުގަނޑުގެ ކަށްވަޅަކީ، އަލި ތަނެއް ކަމުގައި ހަދަން ވެސް އެހައިމެ ވަޖިދުވި އެވެ.

އިންސާނާ މަރުވުމަށްފަހު، އޭނާގެ ކިބައިންދިރިހުންނަނީ ކޮންކޮން އެއްޗެއްކަން ވެސް އަޅުގަނޑަށް އެނގުނެވެ. އޭގެ ތެރެއިން އެންމެ ގިނަ ދުވަހަށް ދެމިހުންނައެއްޗަކީ، އޭނާ ކުރާ ހެޔޮ ޢަމަލެވެ. ނިކަންބައްލަވާށެވެ! މީހަކު މަރުވުމަށްފަހު، އޭނާގެ ހިތް ދިރިއޮންނަނީ، 10މިނެޓްއިރު ވަންދެނެވެ. ސިކުނޑި ދިރިއޮންނަނީ، 20 މިނެޓްއިރު ވަންދެނެވެ. ލޯ ދިރިއޮންނަނީ، 4 ގަޑިއިރު ވަންދެނެވެ. ހަން ދިރިއޮންނަނީ، 5 ދުވަސްވަންދެނެވެ. ކަށިގަނޑު ދިރިއޮންނަނީ، 30 ދުވަސްވަންދެނެވެ. އެކަމަކު އޭނާ ކޮށްފައިވާ ހެޔޮ ޢަމަލުތައް ދާއިމަށް ދިރިހުރެ އެވެ!

މިހެންވެ، ދުންޔަވީ ޙަޔާތް ހަނދާން ނެއްތައިލުމެއްނެތި،އާޚިރަތަށްޓަކައި މަސައްކަތްކުރުމަށް ޢަޒުމުކަނޑައެޅީމެވެ. ހިތުގެ ވިންދު ޖަހާހައި ހިނދަކު، ޝަހާދަތުގެދެކަލިމަ ކިއުމަށް ނިޔަތްގަތީމެވެ.

މީހާ މަރުވުމުން އޭނާގެ ކަށްވަޅު، ކަށްވަޅުގައިވާފަސް މަންޒިލުގެ ވާހަކަ ގޮވާލާކަން ވެސްއަޅުގަނޑަށް އެނގުނެވެ. ކަށްވަޅު ގޮވާލަ އެވެ.

މިއީ، އެކަނިވެރިކަމުގެ މަންޒިލެވެ.
މިއީ، އަނދިރިކަމުގެ މަންޒިލެވެ.
މިއީ، ވެލީގެ މަންޒިލެވެ.
މިއީ، ފަނިފަކުސައިގެ މަންޒިލެވެ.
މިއީ، ނަކީރާއި މުންކަރުގެ މަންޒިލެވެ.

ކަށްވަޅުގެ އެކަނިވެރިކަން ފިލުވައިލުމަށްޓަކައިކީރިތި ޤުރުއާން ކިޔަވަމެވެ.
ކަށްވަޅުގެ އަނިދިރިކަން ފިލުވައިލުމަށްޓަކައިދަމުނަމާދު ކުރަމެވެ.
ކަށްވަޅުގެ ވެލީގައި އަރާމު ތަންމައްޗެއް ޙާޞިލުކުރުމަށްޓަކައިހެޔޮ ޢަމަލު ކުރަމެވެ.
ކަށްވަޅުގެ ފަނިފަކުސަތަކުން ސަލާމަތްވުމަށްޓަކައިގިނަގިނައިން ބިސްމި ކިޔަމެވެ.
ކަށްވަޅުގެ ނަކީރާއި މުންކަރު ދެ މަލާއިކަތްބޭކަލުންނަށްޖަވާބުދާރީވުމަށްޓަކައި ގިނަގިނައިން ޝަހާދަތް ކިޔަމެވެ.

އަޅުގަނޑުގެ މި ލިއުމަކީ، ތިބާއަށް މަޤުބޫލުލިއުމެއް ކަމަށް ވެއްޖެނަމަ، ޝުކުރިއްޔާ އެވެ، ބުނެ އެވަރުންފުއްދާނުލާށެވެ! އެކަމަކު މި ލިއުން ތިބާގެ އުޚުތަކަށް ނުވަތައަޚަކަށް ފޯރުކޮށްދޭށެވެ! މާތް ﷲ ގެ ހެޔޮ ރަޙުމަތްފުޅުން މި ފޮޅުވަތްތަކަކީ އޭނާގެދިރިއުޅުމަށް ވެސް ހެޔޮ ބަދަލުތަކެއް ގެނެސްފާނެއެއްޗަކަށް ވެދާނެތީ އެވެ. އަދި ތިބާއަށް އެކަމުގެ ހެޔޮ ޖަޒާއާއިދަރުމަ ވެސް ޙާޞިލުވާނެތީ އެވެ. މާތް ﷲ ތިޔަ އެންމެއަޚުންނާއި އުޚުތުންނަށް ރަޙުމަތް ލައްވާށި އެވެ! އާމީން!

އަޅުގަނޑީ، ފަހުދު ސަޢީދާން (فهد سعيدان) އެވެ.

  http://www.bahuru.com/img/madu_vilu_line_818.jpg 
ތަރުޖަމާ:
ތަރުޖަމާ؛ އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަން

ads

ދާއިރާ:

0 comments:

Post a Comment

 
here it is