Thursday, July 5, 2012

ﷲ ކަނޑައަޅުއްވާ ފަރްޟު ކުރައްވާފައިވާ މަރަށްމަރުހިފުން ތަންފީޛު ނުކުރާމީހުން ދީނުން ބޭރުވެގެން ދާނެ: ޝެއިޚް އަލީ ޒާހިރު

ﷲ ކަނޑައަޅުއްވާ ފަރްޟު ކުރައްވާފައިވާ މަރަށް މަރުހިފުން ތަންފީޛު ނުކުރާމީހުން ދީނުން ބޭރުވެގެންދާނެކަމަށް އައްޝެއިޚް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ޓީވީއެމް އިން ގެނެސްދޭ އިސްލާމީދިރިއުޅުން ޕްރޮޤްރާމްގައި ކިޔުންތެރިއަކު "ރާއްޖޭގައި މަރަށް މަރު ނުހިފާތީވެ، ޙުކުމް ތަންފީޛު ނުކުރާމީހުންގެ ޙުކުމަކީ ކޮބައިތޯ؟" މިސުވާލުކުރެއްވުމުން ޝެއިޚް ވިދާޅުވީ މަރަށް މަރު ހިފުމުގައި އަޅުގަނޑުމެން އިޙްމާލުވާކަމަށްވަނީނަމަ އެކަމުގައި ބައިވެރިވާ މިންވަރުން ބައިވެރިވާ ބަޔަކު ފާފަވެރިވާނެކަމަށެވެ.


"ބޮޑެތި ފާފައިގެތެރެއިން އެއްކަމެއް އެއީ މީހުން ޙައްޤަކާއި ނުލާ މަރައިލުން. މީހުން މެރުމުގައި ﷲ ކަނޑައަޅުއްވާ ފަރްޟު ކުރައްވާފައިވާ ގޮތަކީ، މަރަށްމަރުހިފުން. އެއިއިސްލާމީ ޝަރީއަތަކީ، އެއީ އިންސާނުންގެ ހެވާއި ލާބައަށްޓަކައި ﷲ އަޅުގަނޑުމެން އަމަލުކުރުމަށް އަންގަވާފައިވާ ގޮތަކީ، އެއީ ޤާނޫނަކީ، އޭގައި އަޅުގަނޑުމެން އިޙްމާލުވާކަމަށްވަނީނަމަ(އަޅުގަނޑުމެން އެކަން ނުކުރާކަމަށްވަނީނަމަ) އެކަމުގައި ބައިވެރިވާމިންވަރަކުން އެބަޔަކު ފާފަވެރިވަމުންދާނެ. އުންމަތްތައް، ނުވަތަ މީސްތަކުންގެފުރާނައަށް ނުވަތަ މީސްތަކުންގެ ހަށިގަނޑު ސަލާމަތް ކުރުމަށްޓަކައި އިސްލާމްދީނުގައި އެޙައްދު އެކަންކުރާ ފަރާތްތަކަށް ދިނުމަށް ކަނޑައަޅުއްވާފައިވަނީ. އެއީ ވަރަށް މުހިއްމުކަމެއް އެއާއި އިދިކޮޅަށް ނުވަތަ އެޙުކުމް ތަންފީޛުކުރުމާއިދެކޮޅަށް، ނުވަތަ އެޤާނޫނު ގެނައުމާ ޙިލާފްވާ ފަރާތްތަކަކީ ޝައްކެއްނެތްގޮތުގައި ﷲ ޠައާލާގެ ކުރިފުޅުމަތީގައި ކުށްވެރިވެ ފާފަވެރިވާނޭ ފަރާތެއް އަދި އެމީހަކު އެމައްސަލައިގާ ދެކޭގޮތަކުން ދީނުން ބޭރުވެގެން ހިގައިދާނެކަމެއް.


"މިސާލަކަށް ﷲ ބާވާލައްވާފައިވާ ޙުކުމަކީ މިހާރު މިޒަމާނަށް ފިޓުވާޙުކުމެއްކަމަށް ނުދެކޭކަމަށް ވަނީނަމަ ނުވަތަ އެއީ މާކުރީޒަމާނަށް އޮތްކަމެއްކަމަށް މިހާރުގެ މިޒަމާނަށް އޮތްކަމެއް ނޫންކަމަށް، ނުވަތަ ތިމަންނަމެން އަމިއްލަ ވިސްނުމުން ހަދާ ޤާނޫނުތަކަކީ ﷲ ބާވާލެއްވި ޤާނޫނަށްވުރެ މާފުރިހަމަ އެއްޗެއްކަމަށް ދެކޭ ދެކުމަކީ، ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެމީހާ އެގޮތަށް ޤަބޫލުކުރާ ކުރުމާއިއެކު އެމީހާ އިސްލާމްދީނުގެ ޠަރަހައިގެ ތެރެއިން ބޭރުވެގެން ދާނެކަމެއް." ޝެއިޚް އަލީ ޒާހިރު ވިދާޅުވި އެވެ.

ads

ދާއިރާ:

0 comments:

Post a Comment

 
here it is