Monday, July 30, 2012

ރަށްތަކުގެ މަންމަ: މާތްވެގެންވާ މައްކާ

ކީރިތި ޤުރުއާނުގައި މައްކާއަށް ތަފާތު ނަންތަކުން ޚިޠާބުކުރެވިފައި އެބަހުއްޓެވެ. މި ފަދަ ނަންތަކުގެ ތެރެއިން އެއް ނަމަކީ އުއްމުލްޤުރާ ("މައި ރަށް" ނުވަތަ "ރަށްތަކުގެ މަންމަ") އެވެ.  "وَهَـذَا كِتَابٌ أَنزَلْنَاهُ مُبَارَكٌ مُّصَدِّقُ الَّذِي بَيْنَ يَدَيْهِ وَلِتُنذِرَ أُمَّ الْقُرَى وَمَنْ حَوْلَهَا وَالَّذِينَ يُؤْمِنُونَ بِالآخِرَةِ يُؤْمِنُونَ بِهِ وَهُمْ عَلَى صَلاَتِهِمْ يُحَافِظُونَ."

(މި قرآنއަކީ، ތިމަންރަސްކަލާނގެ ބާވައިލެއްވި ފޮތެކެވެ. ބަރަކާތްތެރި ފޮތެކެވެ. ކުރީގެ ފޮތްތައް ތެދުކުރާ ފޮތެކެވެ. (އެފޮތް ބާވައިލެއްވީ) މައިރަށުގެ (އެބަހީ: މައްކާގެ) أهلވެރިންނާއި، އެތާނގެ ވަށައިގެންވާ މީހުންނަށް ކަލޭގެފާނު إنذارކުރެއްވުމަށްޓަކައެވެ. އަދި آخرةދުވަހަށް إيمانވާ މީހުން އެ ފޮތަށް إيمانވާނެތެވެ. އަދި އެއުރެން އެއުރެންގެ ނަމާދަށް ރައްކާތެރިވާނެތެވެ.) (سورة الأنعام: 92)

މައްކާގެ އަޞްލު ނަމުގައި ޤުރުއާނުގައި ގެންނަވައިފައި ވަނީ އަންނަނިވި އާޔަތުގައެވެ. "وَهُوَ الَّذِي كَفَّ أَيْدِيَهُمْ عَنكُمْ وَأَيْدِيَكُمْ عَنْهُم بِبَطْنِ مَكَّةَ مِن بَعْدِ أَنْ أَظْفَرَكُمْ عَلَيْهِمْ وَكَانَ اللَّهُ بِمَا تَعْمَلُونَ بَصِيرًا." (ތިޔަބައިމީހުންގެ ކިބައިން، އެއުރެންގެ އަތްތައް (އެބަހީ: އުނދަގޫތައް) ދުރުކުރެއްވީ އެކަލާނގެއެވެ. އަދި مكةގެ ތެރޭގައި، އެއުރެންގެ މައްޗަށް ތިޔަބައިމީހުން ބާރުވެރިކުރެއްވުމަށްފަހުގައި، އެއުރެންގެ ކިބައިން ތިޔަބައިމީހުންގެ އަތްތައް (އެބަހީ: ހަނގުރާމަކުރުން) ދުރުކުރެއްވީވެސް އެކަލާނގެއެވެ. ތިޔަބައިމީހުންކުރާ ކަންތައް، މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.) (سورة الفتح:24)

އަންނަނިވި އާޔަތުގައި، އަކުރެއްގެ ކުޑަކުޑަ ތަފާތަކާއެކު މައްކާގެ ނަން (ބައްކާ) ގެންނަވައިފައި ވެއެވެ. "إِنَّ أَوَّلَ بَيْتٍ وُضِعَ لِلنَّاسِ لَلَّذِي بِبَكَّةَ مُبَارَكًا وَهُدًى لِّلْعَالَمِينَ" (ހަމަކަށަވަރުން، މީސްތަކުންނަށްޓަކައި ފުރަތަމަ ލެއްވި، (އަޅުކަމުގެ) ގެޔަކީ، مكةގައިވާ ގެފުޅުކަން ކަށަވަރެވެ. بركاتލައްވައިފައިވާ ތަނެއްގެ ގޮތުގައެވެ. އަދި، عالمތަކަށް ތެދުމަގެއް ކަމުގައެވެ.) ( سورة آل عمران: 96)

އަންނަނިވި 2 އާޔަތުގައި ވާ الْبَيْتَ الْحَرَامَ އަކީ ވެސް މާއްކާ އަށް ޚިޠާބު ކުރައްވައިފައިވާ ނަމެއް ކަމަށް ޢިލްމުވެރީން ވިދާޅުވެއެވެ. "يَا أَيُّهَا الَّذِينَ آمَنُواْ لاَ تُحِلُّواْ شَعَآئِرَ اللّهِ وَلاَ الشَّهْرَ الْحَرَامَ وَلاَ الْهَدْيَ وَلاَ الْقَلآئِدَ وَلا آمِّينَ الْبَيْتَ الْحَرَامَ يَبْتَغُونَ فَضْلاً مِّن رَّبِّهِمْ وَرِضْوَانًا وَإِذَا حَلَلْتُمْ فَاصْطَادُواْ وَلاَ يَجْرِمَنَّكُمْ شَنَآنُ قَوْمٍ أَن صَدُّوكُمْ عَنِ الْمَسْجِدِ الْحَرَامِ أَن تَعْتَدُواْ وَتَعَاوَنُواْ عَلَى الْبرِّ وَالتَّقْوَى وَلاَ تَعَاوَنُواْ عَلَى الإِثْمِ وَالْعُدْوَانِ وَاتَّقُواْ اللّهَ إِنَّ اللّهَ شَدِيدُ الْعِقَابِ"
 
 (އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّهގެ شعائرތަކާއި، އަދި حرمةތެރި މައްސަރާއި، އަދި ގެފުޅަށް ހަދިޔާކުރާ ތަކެއްޗާއި، ގިލަފަތި އެލުވާފައިވާ ތަކެއްޗާއި، އެއުރެންގެ ވެރިރަސްކަލާނގެ حضرةން فضلވަންތަކަމާއި، ރުއްސެވުންއެދި، حرمةތެރިވެގެންވާ ގެފުޅަށް قصدކޮށްގެން އަންނަމީހުންގެ حرمة ނުކަނޑާށެވެ! (مرادއަކީ حجގެ އަޅުކަން ކުރުމަށް ކަނޑައެޅިގެންވާ ތަންތަނާއި، ކުރެވޭ އަޅުކަމަށް حرمةތެރިކޮށްހިތައި، އެކަމުގެ ތެރޭގައި ކުރުން މަނާކުރައްވާފައިވާ ކަންތައްތައް ހުއްދަ ނުކުރާށެވެ!
 
 އަދި حرمةތެރި މައްސަރުތަކުގައި މަނާކުރައްވާފައިވާ ހަނގުރާމަ ކުރުންފަދަ ކަންތައްތައް ހުއްދަ ނުކުރާށެވެ! ހަމައެފަދައިން، ގެފުޅަށް ހަދިޔާކުރާ ގެރި، ބަކަރި، ޖަމަލާއި، އެ ހަދިޔާކުރާ ތަކެތި، ފާހަގަކުރުމުގެ ގޮތުން ކަރުގައި ގިލަފަތި އަޅުވާފައިވާ ތަކެއްޗާއި، އަދި އެނޫންވެސް ތަކެތި އަތުލައި، އެ ތަކެއްޗަށް ގެއްލުންދިނުން ހުއްދަ ނުކުރާށެވެ! އަދި ގެފުޅަށް ދިޔުން قصدކޮށްގެންދާ މީހުންގެ މަގުގައި ހުރަސްއަޅައި ގެއްލުންދީހެދުން ހުއްދަ ނުކުރާށެވެ!) 
 
 ތިޔަބައިމީހުން إحرامކަނޑައިފި ހިނދެއްގައި، ތިޔަބައިމީހުން ޝިކާރަކުރާށެވެ! އަދި ތިޔަބައިމީހުން حرمةތެރިވެގެންވާ މިސްކިތަށް (އެބަހީ: كعبةاللَّهގެފުޅަށް) ތިޔަބައިމީހުން ދިޔަނުދީ ހުރަސްއެޅިކަމަށްޓަކައި، ބަޔަކުމީހުންގެ މައްޗަށް ތިޔަބައިމީހުންގައި އުފެދުނު ނުރުހުންތެރިކަމެއް އެއީ، އެހެންމީހުންގެ މައްޗަށް ނަހަމައިން ތިޔަބައިމީހުން ހައްދުފަހަނަޅައިދިޔުމުގެ ސަބަބެއްކަމުގައި މެދުވެރި ނުކުރާށެވެ! އަދި ހެޔޮކަންތައް ކުޅައުމާއި، تقوىވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ! އަދި ފާފަވެރިވުމާއި عداوةތެރިވުމުގެ މައްޗަށް، ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރި ނުވާށެވެ! އަދި ތިޔަބައިމީހުން اللَّهއަށް تقوىވެރިވާށެވެ! ހަމަކަށަވަރުން، اللَّهއީ عقوباتގަދަފަދަ ވެގެންވާ ރަސްކަލާނގެއެވެ.)  (سورة المائدة:2)

"جَعَلَ اللّهُ الْكَعْبَةَ الْبَيْتَ الْحَرَامَ قِيَامًا لِّلنَّاسِ وَالشَّهْرَ الْحَرَامَ وَالْهَدْيَ وَالْقَلاَئِدَ ذَلِكَ لِتَعْلَمُواْ أَنَّ اللّهَ يَعْلَمُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ وَأَنَّ اللّهَ بِكُلِّ شَيْءٍ عَلِيمٌ"  (حرمةތެރިވެގެންވާ كعبة اللَّهގެފުޅާއި، حرمةތެރި މައްސަރުތަކާއި، حرمފުޅަށް ހަދިޔާކުރުމުގެ ގޮތުން ކަތިލާ ތަކެއްޗާއި، حرمފުޅަށްޓަކައި ފާހަގަކޮށް ގިލަފަތި އަޅުވާފައިވާ ތަކެތި، اللَّه ލައްވައިފައިވަނީ މީސްތަކުންގެ ދިރިއުޅުން އަމާންކޮށް قائمކުރާ ތަކެތި ކަމުގައެވެ. އެއީ ހަމަކަށަވަރުން، އުޑުތަކުގައި ވާހައި ކަމަކާއި، ބިމުގައި ވާހައި ކަމެއް اللَّه ދެނެވޮޑިގެންވާކަމާއި، ހަމަކަށަވަރުން، اللَّهއީ، ކޮންމެކަމެއްމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެކަން ތިޔަބައިމީހުން ދެނެގަތުމަށްޓަކައެވެ.) (سورة المائدة:97)

ނޯޓް: މި 2 އާޔަތުގައި އެ އޮތް الْبَيْتَ الْحَرَامَ ގެ މާނަ "އަލްޤުރުއާނުލް ކަރީމްގެ ދިވެހި ތަރުޖަމާ"ގައި ލިޔުއްވައިފައިވަނީ "ގެފުޅު"ގެ ގޮތުގައެވެ. ނަމަވެސް ކުރިންވެސް ދެންނެވުނު ފަދައިން އެ 2 އާޔަތުގައި އެ އިޝާރާތްކުރައްވާ "ޙުރުމަތްތެރިވެގެންވާ ގެ" އަކީ "މައްކާ" ކަމަށް ވެސް ބައެއް ޢިލްމުވެރީން ދެކެވަޑައިގަންނަވައެވެ. (ވަﷲ އަޢުލަމް)

އެހެން އާޔަތެއްގައި މައްކާއަކީ "އަމާންކަން ލިބިގެންވާ ރަށް" ކަމުގައިވެސް ޚިޠާބުކުރައްވައިފައި ވެއެވެ. "وَهَذَا الْبَلَدِ الْأَمِينِ" (އަދި أمانކަން ލިބިގެންވާ މި ރަށް (އެބަހީ: مكة) ގަންދެއްވަމެވެ.) (سورة التين: 3)

"ثُمَّ لْيَقْضُوا تَفَثَهُمْ وَلْيُوفُوا نُذُورَهُمْ وَلْيَطَّوَّفُوا بِالْبَيْتِ الْعَتِيقِ." ދެން އެއުރެންގައިވާ ކުނި މިލަތައް، އެއުރެން ފިލުވާހުށިކަމެވެ! އަދި އެއުރެންގެ ނަދުރުތައް ފުއްދާހުށިކަމެވެ! އަދި ޒަމާންވީ ގެފުޅުގައި އެއުރެން طواف ކުރާހުށިކަމެވެ!(سورة الحجّ :29)

"لَكُمْ فِيهَا مَنَافِعُ إِلَى أَجَلٍ مُّسَمًّى ثُمَّ مَحِلُّهَا إِلَى الْبَيْتِ الْعَتِيقِ." ކަނޑައެޅިގެންވާ ވަގުތަކާޖެހެންދެން، ތިޔަބައިމީހުންނަށް އެތަކެތީގައި (އެބަހީ: هدىގެ ގޮތުން ކަތިލެވޭ ތަކެތީގައި) މަންފާތަކެއްވެއެވެ. ދެން އެއަށްފަހު، އެތަކެތި ކަތިލުމުގެ محلއަކީ، ޒަމާންވީ ގެފުޅުއަރިހެވެ. (އެބަހީ: مكةގެ حرم ފުޅެވެ.) (سورة الحجّ :33)
ފަހުން މި ނަކަލުކުރި 2 އާޔަތުގައި އެވާ "الْبَيْتِ الْعَتِيقِ"އަކީ "ޤަދީމީ ނުވަތަ ޒަމާންވީ ގެފުޅު ނުވަތަ ކަޢުބާ އަށް ދެއްވައިފައިވާ ނަންފުޅެއް ކަމަށް ވިޔަސް މުޅި މި މާނައިގެ ތެރޭގައި މައްކާގެ ޙަރަމްފުޅު (ޙުރުމަތްތެރިވެގެންވާ މައްކާ) އެބަ ހިމެނޭ ކަމަށް ބައެއް ޢިލްމުވެރީން ދެކެވަޑައިގަންނަވައެވެ.

ކޮންމެ ނަޒަރަކުން ބެލިޔަސް "މައްކާ" އަށްވުރެ މާތް، ބަރަކާތްތެރި، ޚާއްޞަ ރަށެއް މުސްލިމުންނަކަށް ނުވެ އެވެ. އެއީ އަމާންކަން ލިބިގެންވާ ރަށެވެ. މައި ރަށެވެ. ރަށްތަކުގެ މަންމަ އެވެ. މައްކާއަކީ އެއްވެސް ދިރުމެއް ނެތް، ގަހެއް ރުކެއް ނެތް ހަނަފަސް ވާދީއެއްގެ ގޮތުގައި އޮތް ހިނދު އެތަން ބަރަކާތްތެރިކުރައްވައި މޭވާތަކުން ރިޒުޤުދެއްވައި އަމާންތަނެއްކަމުގައި ލެއްވުމަށް އެދިވަޑައިގެން އިބްރީމްގެފާނު ކުރެއްވި ދުޢާ ކީރިތި ޤުރުއާނުގައި ޛިކުރުކުރައްވައިފައިވެއެވެ.

"وَإِذْ قَالَ إِبْرَاهِيمُ رَبِّ اجْعَلْ هَـذَا الْبَلَدَ آمِنًا وَاجْنُبْنِي وَبَنِيَّ أَن نَّعْبُدَ الأَصْنَامَ. رَبِّ إِنَّهُنَّ أَضْلَلْنَ كَثِيرًا مِّنَ النَّاسِ فَمَن تَبِعَنِي فَإِنَّهُ مِنِّي وَمَنْ عَصَانِي فَإِنَّكَ غَفُورٌ رَّحِيمٌ. رَّبَّنَا إِنِّي أَسْكَنتُ مِن ذُرِّيَّتِي بِوَادٍ غَيْرِ ذِي زَرْعٍ عِندَ بَيْتِكَ الْمُحَرَّمِ رَبَّنَا لِيُقِيمُواْ الصَّلاَةَ فَاجْعَلْ أَفْئِدَةً مِّنَ النَّاسِ تَهْوِي إِلَيْهِمْ وَارْزُقْهُم مِّنَ الثَّمَرَاتِ لَعَلَّهُمْ يَشْكُرُونَ."
 
 (إبراهيمގެފާނު ވިދާޅުވި ހިނދު، ހަނދުމަކުރާށެވެ! އަޅުގެ ވެރިރަސްކަލާކޮ! މި ރަށަކީ، أمانވެގެންވާ ރަށެއްކަމުގައި ލައްވާނދޭވެ! އަދި އަޅާއާއި، އަޅުގެ ދަރިން ބުދަށް އަޅުކަންކުރުމުން ދުރުކުރައްވާނދޭވެ! އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އެ ބުދުތައް މީސްތަކުންކުރެ ގިނަބަޔަކު މަގުފުރައްދައިފިއެވެ. ފަހެ، މި އަޅާޔަށް تبعވެއްޖެ މީހަކީ، ހަމަކަށަވަރުން، އަޅުގެ (دينގެ) މީހެކެވެ. އަދި އަޅާޔަށް އުރެދިއްޖެމީހާ (ދަންނާށެވެ!)
 
 ފަހެ، ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيمވަންތަ ރަސްކަލާނގެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ ދަރިންކުރެ ބަޔަކު، ގަހެއް ރުކެއް ނެތް وادىއެއްގައި، حرمةތެރި ކުރައްވާފައިވާ އިބަރަސްކަލާނގެ ގެފުޅު އަރިހުގައި، ވަޒަންވެރިކޮށްފީމެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުރެން ނަމާދު قائمކޮށް އުޅުމަށްޓަކައެވެ. ފަހެ، މީސްތަކުންކުރެ ބަޔެއްގެ ހިތްތައް އެއުރެންގެ ފަރާތަށް ލަންބަވާނދޭވެ! އަދި މޭވާތަކުން އެއުރެންނަށް رزقދެއްވާނދޭވެ! (އެއީ) އެއުރެން شكرވެރި ވުމަށްޓަކައެވެ.) (سورة إبراهيم:37-35)

ﷲގެ ކުޅަދުންވަންތަކަމާއި ދީލަތިވަންތަކަމުގެ ބޮޑުކަމާއެވެ! ކަރާމާތްތެރިވެގެންވާ މައްކާއަކީ މިއަދު ރިޒުޤުތަނަވަސްވެފައިވާ އަމާންކަން ލިބިގެންވާ ރަށެކެވެ. ރަށްތަކުގެ މައި ރަށެވެ. ނުވަތަ މަންމައެވެ.

ads

ދާއިރާ:

0 comments:

Post a Comment

 
here it is